ދިވެހިބަހުގެ ދުވަސް: 14 އޭޕްރީލް- ދިވެހިބަސް- ދިވެހީންގެ ޝަރަފު

12-04-2015

ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހެވެ. މިދުވަސް ދިވެހިބަހުގެދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ 2015ވަނަ އަހަރުގެ ޖަނަވަރީމަހުގެ 20ވީ އަންގާރަދުވަހުއެވެ. މިކަމަށްޓަކައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރަޢިސުލްޖުމުހޫރިއްޔާ  އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަމެވެ. ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ފަޚުރާއި ޝަރަފެވެ. ދިވެހީންގެ ޝުޢޫރާއި އިޙުސާސްތަކުގެ އަޑެވެ. ދިވެހީންގެ ސަގަފާތާއި ދުވަހު ދިރިއޅުމުގެ ފެންއާރެވެ. މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރަކީ “ދިވެހިބަސް- ދިވެހީންގެ ޝަރަފް” މިއެވެ. ދިވެހިބަހަކީ ވަރަށް ދޮށި ބަހެކެވެ. ވަރަށް ދިގު ތާރީޚެއް އެއަށް ލިބިގެންވީ ބަހެކެވެ. އެއީ ދިެވހީންގެ ޤައުމީ ތަރިކައެކެވެ. މުހިންމު ތަރިކައެކެވެ. މިތަރިކަ ޙިމާޔަތްކޮށް ތަރައްޤީކޮށް ކުރިއެރުވުމަކީ އަދުގެ ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެކެވެ. އަދު ދިވެހިބަހުގެ މައްޗަށް ނުފޫޒުފަތުރަމުންދާ ބޭރުގެ ބަސްބަހުގެ ސަބަބުން ޚާއްޞަކޮށް އިނގިރޭސިބަހުގެ ސަބަބުން ދިވެހިބަސް ބަދަލުވުމަށް މަގުފަހިވެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިކަން ޙައްލުވާނީ މިކަމުގެ މައްޗަށް މުޅި އުންމަތް ބަސް ބުނެގެންނެވެ. ދިވެހިބަހަށް ސަމާލުކަން ދީގެންނެވެ. ދައުލަތުގެ މުވައްސަސާތަކުންނާއި އާންމުފަރުދުން ދިވެހިބަހަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ. ކުރާކޮންމެ ކަމެެއްގައި ދިވެހިބަހަށް އިސްކަން ދީގެންނެވެ. ދިވެހިބަހަކީ ދިވެހީންގެ ޝަރަފްފުކަމުގައި ވާނީ އޭރުންނެވެ.   .