Skip to content Skip to footer

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފި

2024ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި  ދިވެހިބަހުގެ އެކެޑަމީން ހިމަނައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު  ހުޅުވައިލައިފިއެވެ.

މި މުބާރާތްތައް ކުރިއަށް ގެންދަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ:

  1. ވާހަކަދެއްކުމުގެ ބައި
  2. ބަހުސްކުރުމުގެ ބައި

އިސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ 3 އުމުރުފުރައަކަށް ބަހައިލައިގެންނެވެ. އެއީ ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)، ސާނަވީ ގިންތި (ކީ ސްޓޭޖް 4)، މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5) އެވެ.

 އަދި  ބަހުސްކުރުމުގެ ބައި: (16 އަހަރުން މަތި) އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތައް/ ޔުނިވަރސިޓީ/ ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ/ އަމިއްލަ ޓީމުތަކުގެބައެވެ.

މި މުބާރާތްތައް އޮންނާނީ 2024 ފެބުރުއަރީ މަހުގެ 10އިން ފެށިގެންނެވެ. މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓުގެ ތިރީގައި މި ވާ ލިންކުތަކުން ލިބެން ހުންނާނެއެވެ. މި މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 2024 ފެބުރުއަރީ  1 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00އެވެ.

މުބާރާތުގެ އެކި އުމުރުފުރާތަކުގެ ބައިވެރިވާން އެދޭ ފޯމުގެ ލިންކުތައް؛

އިސްކޫލުތަކުގެ ބައި:

(ހ) ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)

https://forms.gle/cZRuSBNdEeDa3YEB7

(ށ) ސާނަވީ ގިންތި (ކީ ސްޓޭޖް 4)

https://forms.gle/etct9LG5FXcmwg8S7

(ނ) މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5)

https://forms.gle/ukZE1RwhfWuvAyRY8

  1. އަމިއްލަ ފަރާތްތަކުގެ ބައި:

(ހ) 18 އަހަރުން ދަށުގެ އުމުރުފުރާ

https://forms.gle/xNzZomUQhUS6FCA96

(ށ) 18 އަހަރުން މަތީގެ އުމުރުފުރާ

https://forms.gle/HDRknKZZGzoTmVTSA

އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތައް/ޔުނިވަރސިޓީ/ ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ/ އަމިއްލަ ޓީމުތަކުގެ ބައި

https://forms.gle/jcHrCfMyhDVtpstF8

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މެއިލްކުރައްވާނީ [email protected] އަށެވެ.