Skip to content Skip to footer

ތަސައްވަރު

ދިވެހީންނަކީ ދިވެހިބަހަށް އިސްކަންދީގެން ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަންނަ ބަޔަކަށްވުމާއެކު،  ދިވެހި ބަހާއި ތާރީޚާއި ޘަޤާފަތާއި އާދަކާދައާ މެދު ފަޚުރުވެރިވެ ދިވެހިބަހާއި ތާރީޚާއި ޘަޤާފަތާއި އާދަކާދަ ރައްކައުތެރިކޮށް ދިރުވައިއާލާކުރާ ބަޔަކުކަމުގައިވުން.

މުހިންމަތް  

ދިވެހިބަސް ޙިމާޔަތްކޮށް، ރައްކައުތެރިކޮށް، ދިރުވައި، ދަމަހައްޓައި، ކުރިއަރުވައި މުއްސަނދިކޮށް އަންނާން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލްކޮށްދިނުމާއެކު ދިވެހިބަހާއި ދިވެހިތާރީޚާއި ދިވެހި ސަގާފަތާބެހޭ އެންމެ އިތުބާރުހުރި އެންމެ ޞައްޙަ މަޢުލޫމާތު ލިބެންހުންނަ ޤައުމީ މުއައްސަސާއަށްހެދުން.

ހިއްސާކުރާ އަސާސީ އަގުތައް 

އިޚްލާޞްތެރިކަން

ތެދުވެރިކަން 

ވަފާތެރިކަން 

އޯގާވެރިކަން 

ހިތްހެޔޮކަން

މުވައްޒަފުންގެ ސިފަ

ދިވެހި ބަހުގެ އެކެޑަމީގެ ކޮންމެ މުވައްޒަފަކުމެ ރައްޔިތުންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި ވަފާތެރިކަމާއި އޯގާވެރިކަމާއި ހިތްހެޔޮކަމާ އެކުގައެވެ.

ދިވެހިބަހުގެ އެކެޑަމީން ދޭ ޚިދްމަތްތައް

  • ދިވެހިބަހާއި ދިވެހިތާރީޚާއި ޘަޤާފަތާބެހޭ މަޢުލޫމާތު ދިނުން.

  • ދިވެހި ދިރާސީ ކުތުބުޚާނާގެ ޚިދުމަތް ދިނުން.

  • ދިވެހިބަހާއި އަދަބިއްޔާތުގެ އެކިއެކި ކޯސްތަކާއި ތާރީޚާ ގުޅުންހުރި ކޯސްތައް ހިންގުން

  • އެކިއެކި ކޯސްތައް ފުރިހަމަކުރާ ފަރާތްތަކަށް ބޭނުންވާ ދިރާސީ މަޢުލޫމާތު ދިނުން.

  • ދިވެހިބަހުގެ އެކެޑަމީން ތައްޔާރުކުރާ ފޮތްތަކާއި މިނިސްޓްރީ އޮފްއެޑިއުކޭޝަނުން ތައްޔާރުކުރާފޮތްފޮތް ވިއްކުން.

  • ދިވެހިބަހާއި ތާރީޚާއި ޘަޤާފަތާ ބެހޭ ގޮތުން އެކި ފަރާތްތަކުން ކުރާ ދިރާސާތަކަށް ބޭނުންވާ ޢިލްމީ އަދި ފަންނީ ލަފާ ދިނުން.

  • ދިވެހިބަހުގެ ބަސްކޮށާރަށް އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު ދިނުން.

  • ދިވެހިބަހުގެ ޤަވާޢިދާ ބެހޭ މަޢުލޫމާތު އެކި ފަރާތްތަކާ ހިއްސާ ކުރުން.

  • ދިވެހިބަހާއި ތާރީޚާއި ޘަޤާފަތާ ބެހޭގޮތުން ޢާއްމުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން.