Skip to content Skip to footer

ދިވެހިބަހުގެ އެކެޑަމީގެ ފޮތްތަކަށް ޚާއްސަ “އަސްކަނި މައުރަޒު” ބާއްވަން ނިންމައިފި

“އަސްކަނި މައުރަޒު”ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވާ މި މައުރަޒަކީ ދިވެހިބަހުގެ އެކެޑަމީގެ ފޮތްފިހާރައިން ލިބެން ހުރި ފޮތްތަކަށް ޚާއްސަކޮށްގެން ބާއްވާ މައުރަޒެކެވެ. މި އަހަރުގެ މައުރަޒުގައި ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ، އަދަބީ ފޮތްތަކާއި ވާހަކަ، ނާވިލު އަދި ތަފާތު މަޢުލޫމާތުތައް ލިބޭ ފޮތްތައް ލިބެން ހުންނާއެވެ. ޚާއްސަކޮށް “ދިވެހިބަހުގެ ގަވައިދު 1،2،3،4″އާއި “ބަހުގެ ހަމައިގެ އަތްމަތީ ފޮތް”، “ފަހުބަސް”، “ޖަމީލުގެ ޑްރާމާތައް”، އަދި ކިޔަވާކުދިންނަށް ގިނަ މައުލޫމާތުތަކެއް ލިއްބައިދޭ “ދިވެހިރާއްޖޭ ރަހުންނާއި ރަނިން” އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިބެން ހުންނާނެއެވެ. މި މައުރަޒުގައި ފޮތް ގަންނަން ލިބެން ހުންނާނީ އާންމުކޮށް ދިވެހިބަހުގެ އެކެޑަމީން ފޮތް ވިއްކާ އަގުތަކަށް ވުރެ ހެޔޮ އަގެއްގައެވެ. މި އަހަރުގެ މައުރަޒު އޮންނާނީ 2023 ނޮވެންބަރު މަހުގެ 2ވަނަ ދުވަހު ހެނދުނު 9:00ން ހަވީރު 5:30ށް ދިވެހިބަހުގެ އެކެޑަމީގައެވެ.