Skip to content Skip to footer

ޖަމާލުއްދީން ސްކޫލުގެ މިއަހަރުގެ ދިވެހި ދުވަހުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ޝަރަފުވެރިކޮށްދެއްވައިފި

ޖަމާލުއްދީން ސްކޫލު . ދިވެހި ދުވަސް | ފޮޓޯ: ޖަމާލުއްދީން ސްކޫލް

ޖަމާލުއްދީން ސްކޫލުގެ ހަތަރު ހައުސްގެ މެދުގައި ބާއްވަމުން އަންނަ “ދިވެހި ދުވަސް” ފާހަގަކުރުމަށް ބާއްވާ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ  ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމާ ސެޓިފިކެޓް ހަވާލުކޮށްދެއްވީ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުލްރަހީމްއެވެ.  ޖުމްލަ 204 ދަރިވަރުންނަށް ފުރުޞަތު ދީގެން 21 މުބާރާތެއް  ބޭއްވި މި ހަރަކާތްތަކުގައި ކޮންމެ މުބާރާތަކުން 1ވަނަ،2ވަނަ އަދި 3ވަނަ އަށް އިނާމުދީފައި ވެއެވެ. މީ ޖަމާލުއްދީން ސްކޫލުގެ ފަރާތުން ދަށު ސާނަވީ އާއި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންގެ ހިތްތަކުގައި ބަހާއި އަދަބަށް ލޯބި އުފެއްދުމުގެ މަގުޞަދުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތްތަކެކެވެ.