Skip to content Skip to sidebar Skip to footer

ދިވެހިބަހުގެ އެކެޑަމީން ބާއްވާ “ފެންޑާ މައުރަޒު” ފަށައިފި

“ފެންޑާ މައުރަޒު”ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވާ މި ފޮތް މައުރަޒަކީ އެކެޑަމީން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މައުރަޒެކެވެ. މި މައުރަޒުގައި ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން ލިބެން ހުންނަ ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ ފޮތްތަކާއި، ބަހާއި އަދަބިއްޔާތުގެ ފޮތްތަކާއި ވާހަކައާއި ނާވިލު ލިބެން ހުންނާއެވެ. މި ފޮތްތަކުގެ ތެރޭގައި “ދިވެހިބަހުގެ ގަވައިދު 1،2،3،4″އާއި “ބަހުގެ ހަމައިގެ އަތްމަތީ ފޮތް”، “ފަހުބަސް”، “ޖަމީލުގެ ޑްރާމާތައް”، ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާ ރަނިރަނިކަނބަލުންގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ “ދިވެހިރާއްޖޭ ރަހުންނާއި ރަނިން” ދިވެހި  ބަހުންނާއި އިނގިރޭސިބަހުން ލިބެން ހުންނާނެއެވެ.

މިފަހަރުގެ މައުރަޒުގައި ވެސް ދިވެހިބަހުގެ އެކެޑަމީގެ ފޮތްތަކާއި ބައެއް އަމިއްލަ ފަރާތްތަކުގެ ފޮތް ވެސް ލިބެން ހުންނާނެއެވެ. މި މައުރަޒުގައި ފޮތް ގަންނަން ލިބެން ހުންނާނީ ދިވެހިބަހުގެ އެކެޑަމީން އާންމުކޮށް ފޮތް ވިއްކާ އަގުތަކަށް ވުރެ ހެޔޮ އަގެއްގައެވެ. މި އަހަރުގެ ފޮތް މައުރަޒު އޮންނާނީ 2024 ސެޕްޓެންބަރު މަހުގެ 1، 2ވަނަ މި ދެ ދުވަހު ހެނދުނު 10:00ން ހަވީރު 5:00ށް، ދިވެހިބަހުގެ އެކެޑަމީގައެވެ.