Skip to content Skip to footer

ދިވެހިބަހުގެ އެކެޑަމީގެ އަތުލިޔުމުގެ މުބާރާތް

 ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަތުލިޔުމުގެ މުބާރާތުގައި ދައުލަތުގެ 93 މުއައްސަސާއަކުން 354 ފަރާތެއް ބައިވެރިވެއްޖެއެވެ. ކޮންމެ އަހަރެއްގައި ވެސް ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ބާއްވަމުން އަންނަ މި މުބާރާތުގެ މަޤުޞަދަކީ ދިވެހިބަހަށާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކޮށް ރީތިކޮށް ތާނަ ލިޔާން ހިތްވަރުދިނުމެވެ.

މިމުބާރާތުގައި އެންމެ ރީތި 10 ލިޔުން ހޮވުމަށް ހަމަޖެހިފައިވާއިރު ކޮންމެ ލިޔުމަކަށް 500 ރުފިޔާގެ ފައިސާގެ އިނާމަކާއި ހަނދާނީލިޔުމެއް ދެވޭނެއެވެ. އަދި އެއްވަނައަށް ދާ މުއައްސަސާއަކަށް ތަށްޓަކާއި ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށް ސެޓިފިކެޓާއި އިނާމު ދެވޭނެއެވެ.