Skip to content Skip to footer

2023ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ދިވެހިބަހުގެ އެކެޑަމީން ހިމަނައިފައިވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

2023ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ދިވެހިބަހުގެ އެކެޑަމީން ހިމަނައިފައިވާ މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 26ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ. މި މުބާރާތްތައް ކުރިއަށް ގެންދަނީ 4 ބަޔަކަށް ބަހާލައިގެންނެވެ. އެއީ:

  1. އިސްކޫލުތަކުގެ ބައި
  2. މަތީ ތަޢުލީމުގެ ބައި )ޔުނިވަރުސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/އެކެޑަމީ)
  3. އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/18 އަހަރުން މަތީގެ އުމުރުފުރާ)
  4. އޮފީސް/ކުންފުނި/ކުލަބު/ޖަމުޢިއްޔާ/ޖަމާޢަތްތަކުގެ ބައި

އިސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ 3 އުމުރުފުރައަކަށް ބަހައިލައިގެންނެވެ. އެއީ ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)، ސާނަވީ ގިންތި (ކީ ސްޓޭޖް 4)، މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5) އެވެ.

މި މުބާރާތްތައް އޮންނާނީ 2023 ނޮވެންބަރު މަހުގެ 24ވަނަ ދުވަހާއި 25ވަނަ ދުވަހުއެވެ. މުބާރާތް އޮންނާނެ ތަނާއި ވަގުތު މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން، އެ މުބާރާތްތަކުގައި ބައިވެރިވި ފަރާތްތަކަށް މި އެކެޑަމީން އަންގާނެއެވެ.

މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓުގެ ތިރީގައި މި ވާ ލިންކުތަކުން ލިބެން ހުންނާނެއެވެ. މި މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 2023 އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00އެވެ.

ލިންކުތައް:

ޅެންހެދުމުގެ 26ވަނަ ގައުމީ މުބާރާތް: https://dhivehiacademy.edu.mv/20202

ކުރުވާހަކަ ލިޔުމުގެ 35ވަނަ ގައުމީ މުބާރާތް: https://dhivehiacademy.edu.mv/20195

މަޒުމޫނު ލިޔުމުގެ 38ވަނަ ގައުމީ މުބާރާތް: https://dhivehiacademy.edu.mv/20187