ބޭރު ބަސްބަހުން ގެނެވޭ ލަފުޒުތައް ދިވެހިކުރުމާއި ، އައު މަހުފޫމަކަށް ލަފުޒެއްގެ މާނަ ފުޅާ ކުރުމާއި، އާންމު އިސްތިޢުމާލުގެ ތެރެއިން ފެތުރެމުންދާ ލަފުޒުތައް ބަލައިގަތުމުގައި ދިވެހިބަހުގެ އެކަޑަމީން އަމަލުކުރަމުންދާ އުސޫލުތަކުގެ މަށްޗަށް ތައްޔާރުކޮށްފައިވާ ” އައު ލަފުޒުތަކުގެ އުސޫލުތައް ” ހާމަކޮށްފިއެވެ. މި އުސޫލުގެ މަގުސަދަކީ އައު ލަފުޒު ހެދުމުގައި ތަބާވާ ހަމަތައް ނުވަތަ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމެވެ.