Skip to content Skip to footer

ލިޔުންތެރީންގެ ދުވަހާ ގުޅުވައިގެން ބާއްވާ “ފެންޑާ މައުރަޒު 2024” ފަށައިފި

“ފެންޑާ މައުރަޒު 2024″ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވާ ފޮތް މައުރަޒަކީ އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ ލިޔުންތެރީންގެ ގުޅުމާ ގުޅިގެން ބާއްވާ މައުރަޒެކެވެ.

މި މައުރަޒުގައި ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން ލިބެން ހުންނަ ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ ފޮތްތަކާއި، އަދަބީ ފޮތްތަކާއި ވާހަކަ އަދި ނާވިލުގެ ލިބެން ހުންނާއެވެ.

މި ފޮތްތަކުގެ ތެރޭގައި “ދިވެހިބަހުގެ ގަވައިދު 1،2،3،4″އާއި “ބަހުގެ ހަމައިގެ އަތްމަތީ ފޮތް”، “ފަހުބަސް”، “ޖަމީލުގެ ޑްރާމާތައް”، ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާ ރަނިރަނިކަނބަލުންގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ “ދިވެހިރާއްޖޭ ރަހުންނާއި ރަނިން”ގެ އިނގިރޭސި ފޮތާއި ދިވެހި ފޮތާއި، ބައެއް އަމިއްލަ ފަރާތްތަކުގެ ފޮތްތައް ވެސް ލިބެން ހުންނާނެއެވެ.

މި މައުރަޒުގައި ފޮތް ގަންނަން ލިބެން ހުންނާނީ ދިވެހިބަހުގެ އެކެޑަމީން އާންމުކޮށް ފޮތް ވިއްކާ އަގުތަކަށް ވުރެ ހެޔޮ އަގެއްގައެވެ. މި އަހަރުގެ ފޮތް މައުރަޒު އޮންނާނީ 2024 ޖުލައި މަހުގެ  14، 15ވަނަ މި  ދެ ދުވަހު ހެނދުނު 10:00ން ހަވީރު 18:00ށް ދިވެހިބަހުގެ އެކެޑަމީގައެވެ.