Skip to content Skip to footer

ސިވިލް ސަރވިސް ކޮމިޝަނާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯސް ނިންމައިލައިފި

ދިވެހިބަހުގެ އެކެޑަމީ އާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ދިވެހިބަހުގެ ކޯސް ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ.

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް މި ފަހަރު ކުރިއަށް ގެންދިޔައީ ސިވިލް ސަރވިސް ކޮމިޝަނުގެ އެދުމުގެ މަތީންނެވެ.

މި ފަހަރުގެ ކޯސް ކުރިއަށް ގެންދިޔައީ މި ހިނގާ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުން ފެށިގެން 22ވަނަ ދުވަހުގެ ނިޔަލަށެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 10 ގަޑިއިރަށް އެ ކޮމިޝަނުގައި ކުރިއަށް ގެންދިޔަ މި ކޯހުން ޖުމްލަ 60 ބައިވެރީން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ދިވެހިބަހުގެ ގަވާއިދާއި ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތ މުއާމަލާތުކުރާނެ ގޮތްތަކެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ދެ ދާރިސުން ކަމުގައިވާ އަޒީޒާ އަފީފާއި ޝިއުނާ އަޙުމަދެވެ.