އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ މާރިޗު 19ވީ އާދިއްތަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގެ ހޯލްގައި ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ އެކި ގިންތިތަކުން އެންމެ މޮޅު ދިހަ ދަރިވަރުންނަށާއި ދަށު ސާނަވީ، ސާނަވީ، މަތީ ސާނަވީ ގިންތީން ވަނަތައް ހާސިލް ކުރި ދަރިވަރުންނަށާއި، މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލްކުރި ސްކޫލުތަކަށާއި، އޮފީސް ކުލަބު ޖަމުޢިއްޔާ ޖަމާއަތްތަކުގެ ބަހުޘް މުބާރާތުން ވަނަވަނަ ހާސިލްކުރި ފަރާތްތަކަށް ތަށްޓާއި، އިނާމާއި، ހަނދާނީލިޔުން ހަވާލުކުރެވުނެވެ.
މިގޮތުން ދަށު ސާނާވީ، ސާނަވީ އަދި މަތީ ސާނަވީ ގިންތީން ވާހަކަދެއްކި ދަރިވަރުންގެ ތެރެއިން މުޅި މުބާރާތުން ތިންވަނަ އަދި ދެވަނަ ޙާސިލްކުރި ދަރިވަރުންނަށް ދިވެހިބަހުގެ އެކެޑަމީން ދޭ އިނާމާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި މި ގިންތިތަކުން އެއްވަނައަށް އައި ދަރިވަރުންނަށާއި ބަހުސް މުބާރާތުން އެއްވަނައަށް އައި ބަހުސްކުރުންތެރިޔާއަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ތަށްޓާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ ތަށްޓާއި، މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ދެއްވާ ތަށްޓާއި، ދިވެހިބަހުގެ އެކެޑަމީން ދޭ ތަށްޓާއި އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ. ހަމަ އެއާއެކު މުޅި މުބާރާތުން 1، 2، އަދި 3ވަނަ އައި އިސްކޫލު މަދަރުސާތަކަށާއި ބަހުސް މުބާރާތުގެ އެއްވަނަ ޓީމަށް ހަނދާނީ ލިޔުމާއި ވާދައިގެ ތަށި ހަވާލުކުރެވުނެވެ.
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން މިއަހަރު މިވަނީ މަތީ ސާނަވީ ގިންތީން ހަތަރުވަނަ ފަހަރަށް އެއްވަނަ ހާސިލުކޮށްފައެވެ. މިއީ 2019 އަހަރު ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން މި އުމުރުފުރައިން ޖެހިޖެހިގެން 3 އަހަރު 1ވަނަ ހާސިލުކޮށް، މަތީ ސާނަވީ ގިންތީގެ ތަށި މިލްކުކުރުމަށް ފަހު ހޯދި ކަމީޔާބީއެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެހެންކަމުން، މިއީ މި މުބާރާތުގެ މަތީ ސާނަވީ އުމުރުފުރައިގެ ތަށި ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ލިބޭ 4ވަނަ އަހަރެވެ. އަދި ދަށު ސާނަވީ ގިންތީގެ ތަށި ޖަމާލުއްދީން ސްކޫލް ވެސް ވަނީ 2022ވަނަ އަހަރު މިލްކުކޮށްފައެވެ. އަދި މިއީ އެ އުމުރުފުރައިގެ ތަށި ޖަމާލުއްދީން ސްކޫލުން ހާސިލުކުރާ 4ވަނަ އަހަރެވެ.
މިއާއި އެކު އޮފީސް ކުލަބު ޖަމުޢިއްޔާ ޖަމާއަތްތަކަށް ހުޅުވައިލައިގެން ކުރިއަށް ގެންދެވުނު ބަހުޘް މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ބަހުޘް ކުރުންތެރިޔާ އަދި ވަނަވަނައަށް އައި ޓީމުތަކަށް ވާދައިގެ ތަށްޓާއި އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ. އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި މި އަހަރު އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން ދަށާއި 18 އަހަރުން މަތީގެ އުމުރުފުރަޔާ ކޮލެޖް ޔުނިވަރސިޓީގެ ބައިގައި ވަނަ ހޮވޭވަރަށް މީހުންނާއި ޓީމުތައް ބައިވެރިވެފައި ނުވާތީއާއި، އަދި ވާހަކަދައްކާފައި ނުވާތީ، މި ބައިތަކުން ވަނަ ހޮވާފައެއްނުވެއެވެ.
މި ޖަލްސާގައި ސަރުކާރުގެ ވުޒާރާތްތަކުގެ އިސްވެރިންނާއި ސްކޫލުތަކުންނާއި ބެލެނިވެރިން ބައިވެރިވެފައިވާއިރު، ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޖޮއިންޓް ސެކެޓްރީ އަލްފާޟިލާ މަރިޔަމް މިދުފާ ނަޢީމްއެވެ. މާލެއާއި އަތޮޅުތެރޭކެގެ އިސްކޫލުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރަތުގައި ހަތަރުސަތޭކައަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެ، ވަހަކަދައްކާފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ފެބުރުއަރީ މަހުގެ 12ވަނަ ދުވަހުން ފެށިގެން މާރިޗް 2ގެ ނިޔަލަށް، ސަލްމާނު މިސްކިތު ހޯލުގައެވެ.
މި މުބާރާތުގެ ވަނަތައް ހާސިލްކޮށްފައިވާ ފަރާތްތަކާއި، ހާސިލުކުރި ވަނަތަކުގެ ތަފުސީލު:
ދަށު ސާނަވީ އުމުރުފުރައިގެ އެންމެ މޮޅު 10 ދަރިވަރުން
- މުއައްޔަދު މަބާޙް މުޙައްމަދު / އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
- ނަފްޤާ ޢަބްދުﷲ ޙުސައިން/ ހުރަވީ ސްކޫލް
- މުޙައްމަދު ޔާނިޝް އަޙްމަދު/ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- ފާޠިމަތު އީޝަލް ޝިހާބު/ މަޖީދިއްޔާ ސްކޫލް
- ފާޠިމަތު ސާރާ ނަޛީރު/ޖަމާލުއްދީން ސްކޫލް
- އަޙްމަދު ޒައިން މުޢުތަސިމް/ މުޙްޔިއްދީން ސްކޫލް
- މުޙައްމަދު ޔަޝާއު މުޞްޠަފާ/ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
- މަރްޔަމް ބިންތި ޢަލީ މަމްދޫޙު/ ހއ. އަތޮޅު މަދަރުސާ (ހއ. ހޯރަފުށި )
- އަޝާ މުޙައްމަދު/އިސްކަންދަރު ސްކޫލް
- ޢާއިޝަތު ޝައިބާ އަޙްމަދު/ ތާޖުއްދީން ސްކޫލް
ސާނަވީ އުމުރުފުރައިގެ އެންމެ މޮޅު 10 ދަރިވަރުން
- ޢަލީ ޒާއިން އަޙްމަދު/ ކަލާފާނު ސްކޫލް
- ރާހީ އަޙްމަދު ސަޢީދު/ ޝަރަފުއްދީން ސްކޫލް
- އަޙުމަދު އަޝްހަމް/އިސްކަންދަރު ސްކޫލް
- ޢާއިޝަތު ރާޔާ ޢަލީ/ ތާޖުއްދީން ސްކޫލް
- ރާއިފް އަޙްމަދު ރާޟީ/ ރެހެންދި ސްކޫލް
- އަޙްމަދު ރައްޔާން މުޙައްމަދު އަނީސް/ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- ޒަހުވާ އިބްރާހީމް ޒާހިދު/ ކަލާފާނު ސްކޫލް
- ޢާއިޝަތު އަލްމާ ޢާޡިމް/ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- އާލާ ޢަބްދުއްސައްތާރު/ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- ޢާއިޝަތު އަލާ ޢަލީ/ ކަލާފާނު ސްކޫލް
މަތީ ސާނަވީ އުމުރުފުރައިގެ އެންމެ މޮޅު 10 ދަރިވަރުން
- ޢާއިޝަތު ޙަޒްނާ/ އިހަވަންދޫ ސްކޫލް
- އާމިނަތު ފާތިނާ އަޙްމަދު/ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- ޢާއިޝާ ބިންތް އިބްރާހީމް ރަމީޒް/ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
- އާމިނަތު ސަޙާ ސަޢީދު/ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
- ޢާއިޝަތު ބިންތު ޢަބްދުއްރައޫފް/ ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލް
- އަޙްމަދު ޢަލާއު އިސްމާޢީލް/ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
- އަޙްމަދު ޒަވުލް/ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
- އަނާ ޢަބްދުއްސައްތާރު/ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- އިބްރާހީމް ރިފާޢު/ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
- ޢިޔާން ޢަލީ މޫސާ/ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
އިސްކޫލުތަކުގެބައި/ ދަށު ސާނަވީ ގިންތި
1ވަނަ
2ވަނަ
3ވަނަ
އިސްކޫލުތަކުގެ ބައި / ސާނަވީ ގިންތި
1ވަނަ
2ވަނަ
3ވަނަ
އިސްކޫލުތަކުގެބައި/ މަތީ ސާނަވީ ގިންތި
1ވަނަ
2ވަނަ
3ވަނަ
އިސްކޫލުތައް / ދަށު ސާނަވީ ގިންތި
1ވަނަ
2ވަނަ
3ވަނަ
އިސްކޫލުތައް/ ސާނަވީ ގިންތި
1ވަނަ
2ވަނަ
3ވަނަ
އިސްކޫލުތައް/ މަތީ ސާނަވީ ގިންތި
1 ވަނަ
2ވަނަ
3ވަނަ