Skip to content Skip to footer

ދިވެހިބަހުގެ އެކެޑަމީން 2023ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

2023ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ދިވެހިބަހުގެ އެކެޑަމީން ހިމަނައިފައިވާ މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 26ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިހާރު މިމުބާރާތުގެ ބައިވެރިވުމުގެ ސުންގަޑިއަކީ 2023 އޮކްޓޫބަރު 29 ވާ އާދީއްތަ ދުވަހުގެ 13.00އެވެ. މި މުއްދަތުގައި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރެއްވުމަށް ފަހު، ފޯމުގެ ސޮފްޓު ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ބައިވެރިންގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ، އެކެޑަމީގެ އީ.މެއިލް [email protected] އަށް ހުށަހަޅަން ވަނީ ފުރުސަތު ހުޅުވައިލައިފައެވެ.

މި މުބާރާތްތައް އޮންނާނީ، ކުރިން ވެސް މި މުބާރާތްތައް ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚުތައް ކަމުގައިވާ، ނޮވެންބަރު މަހުގެ 24ވަނަ ދުވަހާއި 25ވަނަ ދުވަހުއެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން ބައިވެރިންނަށް އަންގާނެއެވެ.

މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތްތަކާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި، މި އެކެޑަމީގެ ވެބްސައިޓުގެ ތިރީގައި މި ވާ ލިންކުތަކުން ލިބެން ހުންނާނެއެވެ.

ލިންކުތައް:

ޅެންހެދުމުގެ 26ވަނަ ގައުމީ މުބާރާތް: https://dhivehiacademy.edu.mv/20202

ކުރުވާހަކަ ލިޔުމުގެ 35ވަނަ ގައުމީ މުބާރާތް: https://dhivehiacademy.edu.mv/20195

މަޒުމޫނު ލިޔުމުގެ 38ވަނަ ގައުމީ މުބާރާތް: https://dhivehiacademy.edu.mv/20187