Skip to content Skip to footer

މުލަކަތޮޅު ކައުންސިލްގެ އިސްވެރިން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއާ ބައްދަލުކުރައްވައިފި

މުލަކަތޮޅު ކައުންސިލްގެ އިސްވެރިން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު 9.00ގައި ދިވެހިބަހުގެ އެކެޑަމީގެ އޯކިޑު ކޮޓަރީގައެވެ.  މި ބައްދަލުކުރެއްވުމުގައި 2019ވަނަ އަހަރު އެ ކައުންސިލާއި ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން ކުރެވިދާނެ މި އަހަރު ހިންގިދާނެ ޙަރަކާތްތަކާ  ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މުޅިއަތޮޅަށް އަމާޒުކޮށްގެން ” އަދަބީ ފޯވަހި ” ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް މަޝްވަރާ ކުރެވުނެވެ. މި ޕްރޮގްރާމުގައި ދަރިވަރުންނަށް ބަހުގެ ތަފާތު ހުނަރު ހޯދައި ދިނުމާއި ތަމްރީނުކުރުމާ ބެހޭ ގޮތުން ވާހަކަދެކެވުނެވެ. އަދި އަތޮޅުގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދިރާސާކުރުމާއި މަޢުލޫމާތު އެއްކުރުމުގެ ޙަރަކާތްތަކެއް ކުރިޔަށްގެންދިޔުމަށް ބޭނުންވާކަމާއި މި ކަންކަމުގައި އެކެޑަމީގެ އެހީތެރިކަން ބޭނުންވާކަމަށް އަތޮޅުކައުންސިލްގެ ރައީސް ހަމަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީއާއި ނައިބުރައީސް އަލްފާޟިލާ ރާފިޢާ ޢަބްދުލްޤާދިރާއި ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ނަސީމާ އަޙުމަދު ބައިވެރިވެވަޑައިގަތެވެ. އަދި މުލަކަތޮޅު ކައުންސިލްގެ ފަރާތުން ރައީސް އަލްފާޟިލް ޔޫސުފު ޞިދުޤީ އަދި ނައިބު ރައީސް އަލްފާޟިލް އަޙުމަދު ޙަސަން އަދި އެސިސްޓެންޓް ރިސަރޗު އޮފިސަރ އަލްފާޟިލް މުޙައްމަދު އިކްރާމް ބައިވެރިވެވަޑައިގަތެވެ.