Skip to content Skip to footer

ތަސައްވުރު

ދިވެހީންނަކީ ދިވެހިބަހަށް އިސްކަންދީގެން ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަންނަ ބަޔަކަށްވުމާއެކު، ދިވެހި ބަހާއި ތާރީޚާއި ޘަޤާފަތާއި އާދަކާދައާ މެދު ފަޚުރުވެރިވެ ދިވެހިބަހާއި ތާރީޚާއި ޘަޤާފަތާއި އާދަކާދަ ރައްކައުތެރިކޮށް ދިރުވައިއާލާކުރާ ބަޔަކުކަމުގައިވުން.

މުހިންމަތް

ދިވެހިބަސް ޙިމާޔަތްކޮށް، ރައްކައުތެރިކޮށް، ދިރުވައި، ދަމަހައްޓައި، ކުރިއަރުވައި މުއްސަނދިކޮށް އަންނާން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލްކޮށްދިނުމާއެކު ދިވެހިބަހާއި ދިވެހިތާރީޚާއި ދިވެހި ސަގާފަތާބެހޭ އެންމެ އިތުބާރުހުރި އެންމެ ޞައްޙަ މަޢުލޫމާތު ލިބެންހުންނަ ޤައުމީ މުއައްސަސާއަށްހެދުން.

މުވައްޒަފުންގެ ސިފަ

ދިވެހި ބަހުގެ އެކެޑަމީގެ ކޮންމެ މުވައްޒަފަކުމެ ރައްޔިތުންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި ވަފާތެރިކަމާއި އޯގާވެރިކަމާއި ހިތްހެޔޮކަމާ އެކުގައެވެ.
ތާރީޚް

މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ބޭފުޅުންނަށް އަރިސްކުރަމެވެ.

ބަސްތޫރަ

ބަސްތޫރައަކީ ދިވެހިބަހުގެ އެކެޑަމީން ބޭރު ބަސްބަހުގެ ލަފުޒުތަކަށް ކަނޑައަޅާ ދިވެހި ލަފުޒުތައް ހިމެނޭ ގޮތުން ތައްޔާރުކޮށް ނެރޭ ތޫރައަށްކިޔާ ނަމެވެ.

ސުމޭކު ހިދުމަތް