Skip to content Skip to footer

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ޚާއްސަކޮށް، ދިވެހިބަހުގެ އެކެޑަމީން ކޯހެއް ފަށައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ޚާއްސަކޮށް، ދިވެހިބަހުގެ އެކެޑަމީން ކޯހެއް ފަށައިފިއެވެ.

މި މަހުގެ 2ގައި ފެށި ކޯސް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.

އަށްގަޑިއިރަށް ކުރިއަށްގެންދާ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިޙުތިރާމާއެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.

އެގޮތުން މި ކޯހުގައި ކުރިއަށްގެންދާ ބައިތަކުގެ ތެރޭގައި:

  • ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެ ގޮތް އޮޅުންފިލުވައިދިނުމާއި
  • ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު އޮޅުންފިލުވައިދިނުމާއި
  • ސާފު ރީތިބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދިނުމާއި
  • ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ސުކުންކުރާނެ ގޮތްތައް އޮޅުންފިލުވައިދިނުމާއި
  • ތާނައިގައި ތިކިޖަހައިގެން ލިޔާނެ އުސޫލު އޮޅުންފިލުވައިދިނުން ހިމެނެއެވެ.

އެކެޑަމީން ބުނީ މި ކޯހުގެ ކްލާސްތައް ކުރިއަށް ގެންދަނީ ހަތަރު ދަންފަޅިއަކަށް ބަހައިލައިގެން ކަމަށެވެ. އަދި މި ކޯހުގައި ކިޔަވައިދެއްވާނީ ގައުމީ ޔުނިވާސިޓީގެ ދެ ދާރިސުންކަމުގައިވާ އަލްފާޟިލާ ޢަޒީޒާ ޢަފީފާއި އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ.