ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް މިފަހަރު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އެދުމުގެ މަތިންނެވެ.
މި ކޯސް ކުރިއަށް ގެންދިޔައީ 2025 ޖަނަވަރީ 13އިން 19އަށް ދިވެހިބަހުގެ އެކެޑަމީގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 10 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ކޯހުން ޖުމްލަ 22 ބައިވެރިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ.
މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރާ އަލްފާޟިލާ އަޒީޒާ ޢަފީފާއި ދިވެހިބަހުގެ އުސްތާޛު އަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރެވެ.

















