Skip to content Skip to footer

ދިވެހިބަހުގެ އެކެޑަމީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ދިވެހިބަހުގެ ކޯސް ކާމިޔާބުކަމާ އެކު ނިންމައިލައިފި

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް މިފަހަރު ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެދުމުގެ މަތީންނެވެ.

މި ކޯސް ކުރިއަށް ގެންދިޔައީ ޑިސެންބަރު 24އިން ޑިސެންބަރު30އަށް އިސްލާމީ ޔުނިވަރސިޓިގައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 10 ގަޑިއިރަށް އެ ޔުނިވަރސިޓީގައި ކުރިއަށް ގެންދިޔަ މި ކޯހުން ޖުމްލަ 19 ބައިވެރިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ ދިވެހިބަހުގެ ގަވާއިދާއި ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތާއި އޮފީސްތަކުގައި އާންމުކޮށް ލިޔާ ލިޔުންތައް އިބާރާތް ކުރާނެ ގޮތާއި ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތްތަކެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރާ އަލްފާޟިލާ އަޒީޒާ ޢަފީފެވެ.