Skip to content Skip to footer

އަދަބީ ބައެއް މުބާރާތްތަކުގައި ބައިވެރިވުމުގެ މުއްދަތު ޖުލައި 09ވާ އަންގާރަދުވަހު ހަމަވާނެ.

2024ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ދިވެހިބަހުގެ އެކެޑަމީން ހިމަނައިފައިވާ މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ޖުލައި 09ވަނަ ދުވަހު ހަމަވާނެއެވެ. މި މުބާރާތްތައް ކުރިއަށް ގެންދަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ:

  1. އިސްކޫލުތަކުގެ ބައި
  2. އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/18 އަހަރުން މަތީގެ އުމުރުފުރާ)

އިސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ 3 އުމުރުފުރައަކަށް ބަހައިލައިގެންނެވެ. އެއީ

ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)،

ސާނަވީ ގިންތި (ކީ ސްޓޭޖް 4)،

މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5) އެވެ.

މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ދާނީ މުބާރާތުގައި ބައިވެރިވާ ބައިވެރިން ދިރިއުޅޭ ރަށެއްގައި، އެކެޑަމީން ކަނޑައަޅާ މަރުކަޒެއްގައި ވަގުތުން ލިޔެވޭ ގޮތަށެވެ.

މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓުގެ ތިރީގައި މި ވާ ލިންކުތަކުން ލިބެން ހުންނާނެއެވެ. މި މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2024 ޖުލައި 09 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00އެވެ.

މި މުބާރާތްތައް އޮންނާނީ 2024 އޮގަސްޓު މަހުގެ 2ވަނަ ދުވަހާއި 03ވަނަ ދުވަހުއެވެ. މުބާރާތް އޮންނާނެ ތަނާއި ވަގުތު މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން، އެ މުބާރާތްތަކުގައި ބައިވެރިވި ފަރާތްތަކަށް މި އެކެޑަމީން އަންގާނެއެވެ.

ލިންކުތައް:

 މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް

މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް – 2024/އިސްކޫލުތަކުގެ ބައި (ދަށު ސާނަވީ)

https://forms.gle/3YrM4yRG6i5VmnMs8

 މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް – 2024/އިސްކޫލުތަކުގެ ބައި (ސާނަވީ)

https://forms.gle/UcuomoFv6K5vf7va6

މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް – 2024/އިސްކޫލުތަކުގެ ބައި (މަތީ ސާނަވީ)

https://forms.gle/d92vi6tPYziqYYbE7

މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް – 2024 އަމިއްލަ ފަރާތްތައް

https://forms.gle/BZjMsosL3zqAFA2k6

ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް

ވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް – 2024/އިސްކޫލުތަކުގެ ބައި (ދަށު ސާނަވީ)

https://forms.gle/RrJPB7qgKazvnE9F7

 ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް – 2024/އިސްކޫލުތަކުގެ ބައި (ސާނަވީ)

https://forms.gle/zqc2E7aZ9sGc6KRJA

 މަތީސާނަވީ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް – 2024/އިސްކޫލުތަކުގެ ބައި (މަތީ ސާނަވީ)

https://forms.gle/dELjwVDwJz5azLYe8

ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް – 2024 (އަމިއްލަ ފަރާތްތައް)

https://forms.gle/U83XiECRQdofqf6X8

ޅެން ހެދުމުގެ 27ވަނަ ޤައުމީ މުބާރާތް

ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް – 2024/ އިސްކޫލުތަކުގެ ބައި (ދަށު ސާނަވީ)

https://forms.gle/wxqrPevpkYFSuMNj7

 ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް – 2024/ އިސްކޫލުތަކުގެ ބައި (ސާނަވީ)

https://forms.gle/djyqCCJgaPtATq9x6

ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް – 2024/ އިސްކޫލުތަކުގެ ބައި (މަތީ ސާނަވީ)

https://forms.gle/aTCN5uS9a7aj8t2y6

ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް – 2024 (އަމިއްލަ ފަރާތްތައް)

https://forms.gle/RTATYEYBT7ZnuLDe7