Skip to content Skip to footer

ގދ. އަދަބީ ޢީދު 2015

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ގދ. އަތޮޅަށް އަމާޒުކޮށްގެން އަދަބީ ޢީދެއް މި ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި އަދަބު ކުރިއަރުވައި ތަރައްޤީކޮށް ދަރިވަރުންގެ ހިތްތަކުގައި ބަހާއި އަދަބާއި ތާރީޚާއި ދިވެހި ސަގާފަތަށް ލޯބިޖައްސައި ޤައުމިއްޔަތަށް ކުރާ ލޯބި އިތުރުކުރުމުގެ މަޤުޞަދުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ރަށްރަށުގެ މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި އެކިއެކި އަދަބީ މުބާރާތްތަކެއް ހިމެނޭގޮތަށް ބާއްވާ އަދަބީ ޢީދެކެވެ. މިޢީދުގެ ނަމަކީ “ހުވަދުއަތޮޅު ދެކުނުބުރީ އަދަބީޢީދު ” އެވެ. ގދ. އަތޮޅުގެ 9 އިސްކޫލަކުން މި ޢީދުގައި ބައިވެރިވެފައިވެއެވެ. އަދަބީ ޢީދުގެ ހަރަކާތްތައް ފެށިފައިވަނީ 2015 ސެޕްޓެންބަރު 30 ވަނަ ދުވަހު ގދ. ތިނަދޫގައެވެ.  ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ވަނީ ފޮތް މައުރަޒެއް ވެސް ހުޅުވައިފައިވެއެވެ. ދިވެހި އަދަބިއްޔާތާއި ބަހާއި ތާރީޚީ އެކިއެކި ފޮތްތައް މި މައުރަޒުން ލިބެން ހުންނާނެއެވެ. ހަމަ މިދުވަހު ވަނީ ސަކުރާރު މުވައްޒަފުންނަށް ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމަކާއި އިސްކޫލުތަކުގެ ދަރިވަރުންނަށާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގާ ޅެންހަދަން ދަސްކޮށްދޭ މަސައްކަތު ބައްދަލުވުން ވެސް ފަށައިފައެވެ. މީގެއިތުރުން އަދަބީ ޢީދުގެ މުބާރާތްތައް އޮކްޓޯބަރ 1 ގައި ފެށިގެން މިހާރު ކުރިއަށް އެބަގެންދެއެވެ.