Skip to content Skip to footer

ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމެޓީގެ މެންބަރުކަމަށް އިތުރު ދެބޭފުޅުން އައްޔަންކޮށްފި

ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމެޓީގެ މެންބަރުކަމަށް ދެބޭފުޅަކު މިއަދު އައްޔަންކުރައްވައިފިއެވެ. އެ ދެ ބޭފުޅުންނަކީ ވ. ކަންދު އަލްފާޟިލް ޙަސަންމަނިކާއި، މއ. ވިލުވެލި އަލްފާޟިލް ބަދުރުއްނަޞީރެވެ. މި ދެ ބޭފުޅުން ބަސްކޮމެޓީގެ މެންބަރުންގެ ގޮތުގައި ހަމަޖެއްސުމަށް ނިންމެވީ، 2023ވަނަ އަހަރުގެ 21ވީ ބުރާސްފަތި ދުވަހު ބޭއްވި އެކެޑަމީގެ މެންބަރުންގެ ބައްދަލުވުމުންނެވެ. މި ދެބޭފުޅުން ކޮމެޓީއަށް އައްޔަންކުރެއްވީ 2023ވަނަ އަހަރުގެ ޑިސެންބަރު 27ވަނަ ދުވަހުއެވެ. ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީގައި މިވަގުތު މަސައްކަތްކުރައްވަނީ 7 މެންބަރުންނެވެ. ބަސްކޮމިޓީއަކީ ދިވެހިބަހާއި ގުޅުންހުރި ދާއިރާތަކުން ބަސްއުފެއްދުމާއި ބަހުގެ މާނައާއި، ބަސްފޮތާއި ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކުން ދިވެހިބަހާއި ގުޅުންހުރި މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ބަހުގެ ހަމަތަކާއި އުސޫލުތައް ދަމަހައްޓާ ބަސް ކުރިއެރުވުމުގެ މަޤުސަދުގައި ޤާއިމުކޮށްފައިވާ ކޮމިޓީއެކެވެ.