Skip to content Skip to footer

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، (ބީ.ސީ.ސީ) އިސްނަގައިގެން ދިވެހިބަހުގެ އެކެޑަމީއާއި ދިވެހި ބަހާއި އަދަބިއްޔާތަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެންބާއްވާ އަދަބީ ކާނިވާ “ތާނަވާ 2023” ފަށައިފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، (ބީސީސީ) އިސްނަގައިގެން، ދިވެހިބަހާއި އަދަބިއްޔާތަށް ލޯބި ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ އަދަބީ ކާނިވާ ފަށައިފިއެވެ. ”ތާނަވާ” ގެ ނަމުގައި ކުރިއަށް ގެންދާ މި އަދަބީ ކާނިވާ އޮންނާނީ މިހިނގާ ޖުލައި މަހުގެ 20ން 21ށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކާނިވަލަކީ އަދަބާއި ވިޔަފާރިއާ ގުޅުވައިދޭ މަންސައެއްގެ ގޮތަށް ކުރިއަށްގެންދާ ކާނިވަލެކެވެ. އެ ގޮތުން ދިވެހި އަދަބާއި ގުޅުންހުރި އެކި ހަރަކާތްތަކާއި ދިވެހި ސަޤާފަތާ ގުޅޭ އެކި ފަންނުވެރިންގެ މަސައްކަތްތައް ވެސް މި ކާނިވަލުން ފެންނާނެއެވެ. 

މި ކާނިވަލުގައި ދިވެހިބަހުގެ އެކެޑަމީން ވެސް ވަނީ ބައިވެރިވެފައެވެ. އެ ގޮތުން އެކެޑަމީއަށް ޚާއްޞަކޮށްފައިވާ ސްޓޯލުގައި ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚުގެ މައުލޫމާތު ހިމެނޭ ފޮތްތައް ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ތާނަ ބްރެއިލާއި ދިވެހި ރަދީފާ ގުޅޭ މައުލޫމާތުގެ އިތުރުން ބަހާއި އަދަބިއްޔާތުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކާނިވާ ހުޅުވައިފައި ހުންނާނީ ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.