Skip to content Skip to footer

މުޙައްމަދު ވަޙީދު (މަޑުލު)ގެ ތައުޒިޔާގެ ދަފްތަރުގައި ޝުޢޫރުފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހިބަހާ ސަޤާފަތާ ތަރިކައާ ބެހޭ މުޝީރު މަޑުލު މުޙައްމަދު ވަޙީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ވަޙީދުގެ ހަނދާނުގައި ބާއްވާ ތަޢުޒިޔާގެ ދަފްތަރުގައި ޝުޢޫރުފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެގޮތުން 08 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ނިޔަލަށް ތަޢުޒިޔާގެ ދަފްތަރުގައި ޝުޢޫރުފާޅުކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.

މުއްދަތު އިތުރުކުރެވިފައިވަނީ އަލްމަރުޙޫމް މުޙައްމަދު ވަޙީދު (މަޑުލު)ގެ ލިޔުންތަކަށް ލޯބިކުރައްވާ ފަރާތްތަކާއި އެމަނިކުފާނަށް ހެޔޮދުޢާކޮށްދެއްވާ ޝުޢޫރުފާޅުކުރަން ބޭނުންވާ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ. ތައުޒިޔާގެ ދަފްތަރުގައި ޝުޢޫރުފާޅުކުރުން  ކުރިއަށްދާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9ން ފެށިގެން މެންދުރުފަހު 1:30ށް، ދިވެހިބަހުގެ އެކެޑަމީގައެވެ.