Skip to content Skip to footer

ހުރަވީ ދުވަސް 1443

ހުރަވީ ދުވަހަކީ ފާތިޙުންގެ ފަތަޙައާއި މުޖާހިދުންގެ ޖިހާދުގެ ހަނދާން އާކުރެވޭ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ މަލާބާރީން (ހޮޅީން)ގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވި ދުވަހުގެ ގޮތުގައެވެ. މި ކަން ހިނގީ 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރު މަހުގެ 3 ގައެވެ. ހުރަވީ ދުވަހުގެ ބަޠަލަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)އެވެ.

ހުރަވީ ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރީ 3 ޖުމާދަލްއާޚިރު 1400 ގައެވެ. މި އަހަރު މި ފާހަގަކުރެވެނީ 44ވަނަ ހުރަވީ ދުވަހެވެ.