ދިވެހީން އިހުގައި ފާހަގަކުރި ދުވަސްތައް
10-04-2016
ބޯފޮޅި ދުވަސް
މިއީ، ޖުމާދިލްއާޚިރު މަހު 29 ދުވަހާއި ޝަޢުބާން މަހު 14 ވަނަ ދުވަހާ އެ މަހުގެ 29 ވަނަ ދުވަހާ ޙައްޖު މަހުގެ 8 ވަނަ ދުވަސް.
ބޯފޮޅިއަކީ ހަނޑުލާއި ގަނބުޅި ހުންޏާ އެއްކޮށްގެން ފުޑައި ބޯކިރު އަޅައިގެން ފެންފޮޅިއަށް ވުރެ ތަންކޮޅެއް ބޯކޮށް ފިހާ ފޮޅިއަކަށް ކިޔާ ކަމެއް.
ބޯފޮޅި ދުވަހާ ވިދިގެން އަންނަ ދުވަހަކީ ބޯފޮޅި ވިލޭރެއޭ.
ބޯފަޅި ދުވަހުގެ އަސުރު ނަމާދަށް މުންނާރުން ބަންގިގޮވީމާ ނާބުސްޚާނުން ބެރެއް ޖަހާނެއެވެ. މި ބެރަށް ކިޔަނީ ފާތިޙާ ބެރެވެ. މި ބެރު ޖެހީމާ ގޭގޭގައި ބޯފޮޅި ފާތިޙާ ކިޔެވުމަށް ތައްޔާރު ކުރާނެއެވެ. ބޯފޮޅި ހުންނާނީ ކުދި ތަށްޓަށް އަޅައިފައޭ. ފާތިޙާ ކިޔަވާނީ އެ ގެއެއްގެ މީހުންގެ މަރުވެފައި ތިބި ތިމާގެ މީހުންނަށެވެ.
ބޯފޮޅި ވިލޭރޭ 9 ޖެހީމާ ރަދުން ގަނޑުވަރުން ޢިއްޒަތުގައި ބޯފޮޅިއަށް ވަޑައިގަތުމަށް ނުކުމެވަޑައިގަންނަވާނެ
ކަނދި ދުވަސް
* މިއީ މުހައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހެވެ.
* ކަނދި ދުވަހަކީ ހުސައިނުގެފާނު ކަރުބަލާގައި ޝަހީދުވެވަޑައިގެންނެވި ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ އެ ދުވަހުގެ ހިތާމައިގައެވެ.
* ކަނދިދުވަހު ގޭގޭގައި ކަނދި ކައްކައިގެން ޞަލަވާތް ފާތިޙާ ކިޔަވައި އަދި ކަންޖާ އަޅައި ކުދީން ކިރާނެއެވެ.
* އަދި މި ދުވަހަށް ކަނދީ ޒަކާތް ބަހާ ދުވަހޭ ކިޔައޭ، މި ދުވަހު ގޭގެއަށް ފަގީރުން ދިއުމުން ލަރިއާއި ހަނޑޫ ބަހައި ހަނދައެވެ.
ރަޖަބު މަހު 6 ވަނަ ދުވަސް
* މި ދުވަހަކީ ނައިބުކަމާ ހިނގާ ދުވަހެވެ.
* މިއީ ފަނޑިޔާރު މީހާ ރާއްޖެއަށް ނައިބު ފަތް ނެރުއްވައި ދީނުގެ އަމުރުމައުރޫފު ހިންގަވާ ދުވަހެވެ. އެ ދުވަހު ހެނދުނު 6 ޖަހާއިރަށް ކޮއްޔެއް ލާނެއެވެ.
* އެ ދުވަހު ހަތަރު އަވަށު މައިޒާން ދޮށަށް މާލޭގެ ރައްޔިތުން އެއްކުރައްވާނެއެވެ.
ނައިބުކަމާ ހިނގުން: މި ކަން ފެށްޓެވީ އައްސުލްޠާނު މުޙައްމަދު މުޙްޔުއްދީނުލް ޢާދިލްގެ ރަސްކަމުގައި އެ ރަދުންނެވެ. އެ ރަސްކަމުގައި 1102 ރަޖަބު 6 ދުވަހު އެ ރަދުންނެވެ. މީލާދީން އެއީ 1691 ވަނަ އަހަރެވެ.
ރަބީއުލްއައްވަލް މަހު 12 ދުވަސް
* މިއީ ކީރިތި ރަސޫލާ ރައްކާވެވަޑައިގެންވި ދުވަހެވެ. މި ދުވަހުގެ ރެއާއި މި ދުވަހު ގޭގޭގައި ކައްކައިގެން މައުލޫދު ކިޔައި ފާތިޙާ ކިޔަވައެވެ.