ކޯގަންނު ގަބުރުސްތާން

24-03-2016

އައްޑޫ މީދޫއަކީ އިހު ހަތް ދަރިކޮޅަކަށް ވަގުފުވެގެންވާ ރަށެކެވެ. ރާއްޖޭގެ ތަޚުތުގައި ހުންނެވި ތީމުގޭ ދަރިކޮޅުގެ ސުލްތާން ޔޫސުފު އެއްވަނައިގެ ދައުރުގައި މިކަމަށް ރުހޭބަސް ދެއްވީ މީލާދީން 1289 ގައެވެ. އުސޫލެއްގެ ގޮތުން ރާއްޖޭގެ ކޮންމެ ރަށަކީ ބަންޑާރަ ރަށެކެވެ. އަދި ކޮންމެ ބިމަކީވެސް ބަންޑާރަ ބިމެވެ. މާނައަކީ ދައުލަތަށް ނިސްބަތްވެގެންވުމެވެ. ވަގުފު ކުރުމުގެ މާނަޔަކީ ބަންޑާރަކަން ކެނޑި އެ ވަގުފު ކުރެވޭ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވުމެވެ. ރަށެއް ވަގުފު ކުރުމޭ ބުނެވެނީ އަދި ބިމެއްވިޔަސް ތަނެއްވިޔަސް ވަގުފު ކުރުމޭ ބުނެވެނީ އޭގެ މިލްކުވެރިކަން ދާއިމީ ގޮތަކަށް އެ ވަގުފެއްގެ އަހުލުވެރީންނަށް ލިބިގެންވުމެވެ. މިގޮތުން މީދޫ ވަގުފު ކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ދައުލަތުގެ މިލްކުވެރިކަމުން ނެއްޓި ވަކިވަކި ފަރުދުންނަށް މިލްކުވެގެންވާ އަމިއްލަ ރަށެއް ކަމުގައި ހަމަޖެއްސުމެވެ. އިތުރަށް