މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދެވުނު ހަރަކާތްތަކުގެ ތެރެއިން :
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
2025ވަނަ އަހަރުފެ މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހައްދުންމަތީ ކައުންސިލުން ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވަފައެވެ. މުވައްޒަފުންގެ ހިތްތަކުގައި މާދަރީބަހާއި، އަދަބިއްޔާތަށާއި ޤައުމިއްޔަތަށް ލޯބިޖެއްސުމުގެ މަގުސަދުގައި 2025 ފެބުރުވަރީ 20ވަނަ ދުވަހުގެ ހެނދުނު 9:00ގައި ކުރިއަށް ގެންދިޔަ މި އެސެމްބުލީގައި ހައްދުންމަތީ މާމެންދޫގެ ސަރުކާރުގެ އިދާރާތަކުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން ބައިވެރިވެފަވެއެވެ. މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހައްދުންމަތީ ކައުންސިލުން ދުވަހަށް ޚާއްސަ ބަޖެޓެއް ކަނޑައަޅައި ތަފާތު ހަރަކާތްތަށް ކުރިއަށްގެންގޮސްފަވެއެވެ.





