Skip to content Skip to footer

ރ. ކިނޮޅަހު ކައުންސިލާއި އިސްކޫލާއި ދިވެހިބަހުގެ އެކެޑަމިން ގުޅިގެން ޅެންހަދަން ދަސްކޮށްދިނުމުގެ ކޯހެއް ދަރިވަރުންނަށް ހިންގައިފި.

ިވެހިބަހުގެ އެކެޑަމީއާއި ރ.ކިނޮޅަހު ކައުންސިލާއި ކިނޮޅަހު ސުކޫލު ގުޅިގެން، ދިވެހި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހެއް ކިނޮޅަހު ސުކޫލުގެ ދަރިވަރުންނަށް ހިންގައިފިއެވެ.  މި މަހުގެ 18 އިން 20 އަށް ހިންގި މި ކޯހުގައި ކިނޮޅަހު ސުކޫލުގެ 45 ދަރިވަރުން ބައިވެރިވިއެވެ. 

މި ކޯހުގައި ދިވެހި ޅެންވެރިކަމުގެ ފެށުން އައި ގޮތާއި  ޅެންވެރިކަމުގެ ބާވަތްތަކާއި ތަފާތު ވަޒަންތަކާއި ފިލިކޯޅިއާއި ބަނޑުވައް އަކުރާއި ކާފިޔާ ހަމަކޮށް ޅެން ހަދާނެ ގޮތުގެ މައުލޫމާތާއި ތަމްރީނު ދެވުނެވެ.

މި ކޯހުގައި ކިޔަވައިދެއްވީ، މީގެ ކުރިން ވެސް މިފަދަ ގިނަ ކޯސްތަކެއް ހިންގަވާފައިވާ، ދިވެހި ޅެންވެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުނުގެ އިނާމާއި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ.