މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގާފަރު ސްކޫލުން ވަނީ ދުވަހާއި ގުޅޭ ހާއްސަ އެސެމްބްލީ އެއް ބާއްވާފައެވެ. މި އެސެމްބްލީ ހުށައަޅައިދީފައިވަނީ ގުރޭޑު 3ބީ ގެ 14 ދަރިވަރުންނެވެ. މިދަރިވަރުންގެ ހުށައެޅުމުގައ،ި އިހުގެ ޅެންވެރިންގެ ރީތ،ި ޤަޢުމީ ޅެންތައް ހުށައަޅާދީފައި ވެއެވެ. އަދި ސްކޫލުގެ ދިވެހި ކުލަބުގެ ރައީސް، ގުރޭޑު 10 ގެ ދަރިވަރު މަރިޔަމް އީޝާ އަފީފު ވަނީ ދުވަހާއި ގުޅޭ ގޮތުން އަގުހުރި މަޢުލޫމާތު ހިމަނައިގެނ،ް އެންމެހާ ހާޒިރީންނާއި މުޙާތަބު ކޮށްފައެވެ. މި އެސެމްބްލީ ގައި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ. މީގެ އިތުރުން ދުވަހާއި ގުޅޭ މަޢުލޫމާތު ހިމަނައިގެން “މަޢުލޫމާތު ފާރެއް” ވަނީ ސްކޫލުގައި ތައްޔާރު ކޮށްފައެވެ. މި ފާރު ތައްޔާރު ކުރީ ސްކޫލުގެ ދިވެހި ކުލަބުގެ ފަރާތުންނެވެ.