Skip to content Skip to footer

2024ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފައުޅުކޮށްފި.

2024 ވަނަ އަހަރު އެކެޑަމީން ބޭއްވި އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މި ހިނގާ ޑިސެންބަރު 12ވީ ހުކުރުދުވަހުގެ ރޭ 8.30ގައި ތާޖުއްދީން ސުކޫލު ހޯލުގައި ބޭއްވުނެވެ. މި ޖަލްސާގައި  އިސްކޫލު/މަދަރުސާތަކުގެ ބައިން، ކޮންމެ ގިންތިއަކުން އެންމެ މޮޅު 10 ދަރިވަރުންނާއި މުބާރާތްތަކުން އެއްވަނަ، ދެވަނަ، ތިންވަނަ ދަރިވަރާއި އެއްވަނަ ދެވަނަ ތިންވަނަ އިސްކޫލަށް އިނާމާއި ތަށްޓާއި ހަނދާނިލިޔުން ދީފައި ވެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ބައިން 18އަހަރުންދަށާއި އަދި 18އަހަރުން މަތީގެ އުމުރުފުރާއިން ބައިވެރިވި ފަރާތްތަކުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވެސް އިނާމުދެވުނެވެ.

މި ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީން ދޭ ތަށްޓާއި، އިނާމާއި، ސެޓިފިކެޓާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ ތަށްޓާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދެއްވާ ތަށްޓާއި އެމް ސެވަން ޕްރިންޓުން ދެއްވާ ތަށްޓާއި ލިޔުންތެރިންގެ ގުޅުމުން ދެއްވާ އިނާމާއި ރައީސުލްޖުމްހޫރިއްޔާގެ އިނާމާއި، މިލްކުވާ ތަށްޓާއި ވާދައިގެ ތަށި، ވަނަވަނައަށް އައި ފަރާތްތަކާ ހަވާލުކުރެވުނެވެ.

މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. ޝަރަފުވެރި މެހެމާނުގެ އިތުރުން، ދިވެހިބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހިމާއި، ތައުލީމީ ވުޒާރާގެ އިސްބޭފުޅުންނާއި އަދަބިއްޔާތަށް ހިދުމަތްކުރައްވާ ބޭފުޅުން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ތިރީގައި މި ވަނީ މި މުބާރާތްތަކުގެ ނަތީޖާއެވެ.

އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް- 2024

ދަށު ސާނަވީ ގިންތި : ދަރިވަރު

ދަށު ސާނަވީ ގިންތި : ސްކޫލް

ދަށު ސާނަވީ ގިންތިން އެންމެ މޮޅު 10 ދަރިވަރުން

ސާނަވީ ގިންތި : ދަރިވަރު

ސާނަވީ ގިންތި : ސްކޫލް

ސާނަވީ ގިންތިން އެންމެ މޮޅު 10 ދަރިވަރުން

މަތީ ސާނަވީ ގިންތި : ދަރިވަރު

މަތީ ސާނަވީ ގިންތި : ސްކޫލް

މަތީ ސާނަވީ ގިންތިން އެންމެ މޮޅު 10 ދަރިވަރުން

އައްޝައިޚު މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް –2024

ދަށު ސާނަވީ ގިންތި : ދަރިވަރު

ދަށު ސާނަވީ ގިންތި : ސްކޫލް

ދަށު ސާނަވީ ގިންތި އެންމެ މޮޅު 10 ދަރިވަރުން

ސާނަވީ ގިންތި : ދަރިވަރު

ސާނަވީ ގިންތި : ސްކޫލް

ސާނަވީ ގިންތި އެންމެ މޮޅު 10 ދަރިވަރުން

މަތީ ސާނަވީ ގިންތި : ދަރިވަރު

މަތީ ސާނަވީ ގިންތި : ސްކޫލް

މަތީ  ސާނަވީ ގިންތި އެންމެ މޮޅު 10 ދަރިވަރުން

ހުތްއަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް – 2024

ދަށު ސާނަވީ ގިންތި : ދަރިވަރު

ދަށު ސާނަވީ ގިންތި : ސްކޫލް

ދަށު ސާނަވީ ގިންތީން އެންމެ މޮޅު 10 ދަރިވަރުން

ސާނަވީ ގިންތި : ދަރިވަރު

ސާނަވީ ގިންތި : ސްކޫލް

ސާނަވީ ގިންތީން އެންމެ މޮޅު 10 ދަރިވަރުން

މަތީ ސާނަވީ ގިންތި : ދަރިވަރު

މަތީ ސާނަވީ ގިންތި : ސްކޫލް

މަތީ ސާނަވީ ގިންތީން އެންމެ މޮޅު 10 ދަރިވަރުން

އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތް- 2024

އަމިއްލަ ފަރާތްތަކުގެ ބައި/ 18އަހަރުން ދަށް

އަމިއްލަ ފަރާތްތަކުގެ ބައި/ 18އަހަރުން މަތި

އައްޝައިޚު މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް -2024

އަމިއްލަ ފަރާތްތަކުގެ ބައި/ 18އަހަރުން ދަށް

އަމިއްލަ ފަރާތްތަކުގެ ބައި/ 18އަހަރުން މަތި

ހުތްއަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތް – 2024

އަމިއްލަ ފަރާތްތަކުގެ ބައި/ 18އަހަރުން ދަށް

އަމިއްލަ ފަރާތްތަކުގެ ބައި/ 18އަހަރުން މަތި

މުބާރާތުން ވަނަވަނަ ހާސިލުކުރި ހުރިހައި ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމެވެ3 .