Skip to content Skip to footer

މި އަހަރުގެ އަތުލިޔުމުގެ މުބާރާތަށް ވެސް ބޮޑު ތަރުޙީބެއް

ކޮންމެ އަހަރެއްގެ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަތުލިޔުމުގެ މުބާރާތަށް މި އަހަރު ވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. މި މުބާރާތަކީ ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ މުބާރާތެކެވެ. 2022 ވަނަ އަހަރުން ފެށިގެން މި މުބާރާތަކީ އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާ މުބާރާތެއްކަމުން، އަތޮޅު ތެރެއިން ވެސް ބޮޑު ތަރުޙީބެއް ލިބޭކަން ފާހަގަކުރެވެއެވެ.

މި މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެންމެ ރީތި 10 ލިޔުން ހޮވުމަށް ހަމަޖެހިފައި ވާ އިރު އެއިން ކޮންމެ ލިޔުމަކަށް ދޭން ހަމަޖެހިފައި ވަނީ 500 ރުފިޔާގެ ފައިސާގެ އިނާމާއި ތަށްޓާއި ސެޓްފިކެޓެވެ. އެއްވަނަ އޮފީހަށް ތަށްޓާއި ސެޓްފިކެޓާއި އިނާމު ދޭ އިރު، ދެވަނަ އަދި ތިންވަނަ އޮފީހަށް ސެޓްފިކެޓާއި އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބާއްވަނީ ދިވެހިބަހާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމަށާއި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ މަގުސަދުގައެވެ. މި މުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ އެކެޑަމީން ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.