Skip to content Skip to footer

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުުންނަށް ހިންގާ ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް ފެށިއްޖެ

ސަރުކާރުގެ މުއައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީން ހިންގާ ޕްރޮގްރާމުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިއުނިކޭޝަން ބައިގެ މުއައްޒަފުންނަށް ކުރިއަށް ގެންދާ ކޯސް ފެށިއްޖެއެވެ. މި ކޯސް ފަށްޓަވައިދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.

މިއީ ދިވެހިބަހުގެ އެކެޑަމީއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިއުނިކޭޝަން ބައިގެ މުއައްޒަފުން ގުޅިގެން 2021 ނޮވެންބަރު 28ން ޑިސެންބަރު 23ށް 4 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި 120 ފަރާތަކުން ބައިވެރިވެއެވެ. މި ކޯސް ކުރިއަށް ދާނީ އިސްކަންދަރު ކޮށީގައެވެ.

“ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް” މިއީ ސަރުކާރު މުއައްސަސާތަކުގެ މުއައްޒަފުންގެ ދިވެހިބަހުގެ ފެންވަރު މަތިކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެދިވަޑައިގެންނެވުމުގެ މަތިން އެކި ފަހަރު މަތިން ތަފާތު މުއައްސަސާތަކަށް މި ކޯސް ހިންގިފައިވެއެވެ. ކޮވިޑް-19ގެ ފުރަބަންދުގެ ހާލަތުގައި ވެސް ދިވެހިބަހުގެ އެކެޑަމީން ދާދިވަރުކޮށް ޒޫމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފަރާތްތަކަށް މި ކޯސް ކުރިއަށް ގެންގޮސްފައި ވެއެވެ.