Skip to content Skip to footer

ޤައުމީ ދުވަސް 1443

ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 1ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމެވެ. މުޙައްމަދު ތަކުރުފާނު ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ ބޮޑުތަކުރުފާނުގެ ނަންފުޅުންނެވެ. ޤައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރައްވަން ފެށްޓެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރެވުނީ 1 ރަބީޢުލްއައްވަލް 1365 ގައެވެ.  މި އަހަރު މި ފާހަގަކުރެވެނީ 78 އަހަރު ފުރޭ 79ވަނަ ޤައުމީ ދުވަހެވެ.