Skip to content Skip to sidebar Skip to footer

ބައިނަލްއަޤްވާމީ އަހިންސާ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފްލާ އެކެޑަމީގެ ރައީސް ޝަރަފުވެރިކޮށްދެއްވުން

ބައިނަލްއަޤުވާމީ އަހިންސާ ދުވަހުގެ މުނާސަބަތުގައި އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ޚާއްޞަ ޙަފުލާ ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ޢަބްދުއްރަޙީމެވެ.

ބައިނަލްއަޤްވާމީ އަހިންސާ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހު ފާހަގަ ކުރެވޭ ދުވަހެކެވެ. މި ދުވަސް ނިސްބަތްވެގެންވަނީ އަހިންސާ (ނޮން-ވައިލެންސް) ފަލްސަފާގެ ބާނީ ކަމުގައިވާ މަހާތަމާ ގާނދީއަށެވެ. އަހިންސާ ދުވަހަކީ މި ފަލްސަފާގެ ދަށުން، ސުލްހަވެރިކަމުގެ ސަގާފަތެއް ދުނިޔޭގައި ފެތުރުމުގެ ބޭނުމުގައި އ.ދން 2007ވަނަ އަަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

މި ޙަފްލާގައި ޑރ.އަޝްރަފް ދެއްކެވި ވާހަކަފުޅުގައި މަހާތަމާ ގާންދީގެ ޝަޙުޞިއްޔަތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އަދި މަހާތަމާ ގާންދީ ވިދާޅުވެފައިވާ ބުއްދިވެރި ބަސްފުޅުތަކުގެ މައްޗަށް ނަޒަރު ހިންގަވައިލައްވައި އެ ބަސްފުޅުތަކުން ޢިބުރަތް ލިބިގަތުމަށް ގޮވައިލެއްވިއެވެ. މި ޙަފްލާގައި އިންޑިޔާގެ ބައެއް ރައްޔިތުންނާއި އާއިލާތައް ބައިވެރިވިއެވެ. އަދި އެ ސެންޓަރުގައި މިޔުޒިކް ދަސްކުރާ ބައެއް ދިވެހީން ވެސް ބައިވެރިވިއެވެ.