މައުލޫމާތުތައް ހަނދާން ނެތުނީތޯ؟

ހުރަވީ ބަހުސް

ހުރަވީ ބަހުސް

ހުރަވީ ބަހުސް

ބަސްފޮތް

ފުރަތަމަޞަފްޙާ

ހިޔާލު ފޮށި

ނެލްސަން މަންޑޭލާސައުތު އެފްރިކާގެ ރައީސް
އޭނާ ދަންނަ ބަހަކުން މީހަކާ ވާހަކަ ދައްކައިފިނަމަ، އެ އެއްޗެއް ދެނެގަންނާނީ އޭނާގެ ސިކުނޑިއެވެ. ނަމަވެސް، އޭނާގެ އަމިއްލަ ބަހުން ވާހަކަދައްކައިފި ނަމަ، އެ ބުނާ އެއްޗެއް ބަލައިގަންނާނީ އޭނާގެ ހިތެވެ.

މިސާލުބަސް

  • މިބަސް ބޭނުންކުރެވެނީ އެއްވެސް އިޚުތިޔާރެއް ބާރެއް ނެތްގޮތުގައި ކަމެއް ހަވާލު ކުރުމުންނެވެ. މިސާލަކަށް ގެޔެއްގެ ވެރިކަން ދީފައި އެގޭގެ އެއްވެސް ކަމަކަށް ބާރު ނުފޯރުވޭ ކަމުގައި ވަންޏާ މިބަސް ބޭނުންކުރެވިދާނެއެވެ. ނުވަތަ އެއްވެސް ބޭނުމެއް އަދި ފަސޭހައެއް ނުލިބޭގޮތަށް އެއްޗެއް ދީފިނަމަވެސް މިބަސް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ކާ އެއްޗެއް ދޭށޭ ބުނީމަ އެހެރީ ހަނޑުލާއި ކައްކާނެ އެއްޗެށެވެ. ކާށެވެ. މިފަދައިން ބުނެފިނަމަވެސް މި މިސާލުބަސް ބޭނުންކުރެވިދާނެއެވެ. މިސާލު ބަސް ދިވެހި ބަހުގައި ބޭނުންކުރުމަކީ ލިޔުމުގެ ބާރުގަދަވެ ކިޔާމީހާއަށް ލިޔުން ތަސައްވަރުކޮށްލަން ފަސޭހަވެގެންދާނެ ކަމެކެވެ. ޙާއްޞަކޮށް އެމިސާލުބަހުގައި ބުނާ އެއްޗެއް ކިޔާމީހާއަށް ފަހުމްވެއްޖެނަމައެވެ.
    މޮހޮނަށް ދޯނި ދިނުން ނުވަތަ މޮހޮނަށް ދޯނިދިންހެން.
  • މި މިސާލުބަސް ބޭނުން ކުރެވޭނެ އެންމެ މުނާސަބަތު ހާލަތަކީ މީހެއްގެ ގަދަފަދަ ކަމުން، ކަމާއިނުބެހި ދުރުގައި ތިބޭ މީހުންނަށް ވެސް އޭނާގެ ސަބަބުން އުނދަގޫ ފޯރާނެކަން ހާމަކުރުމަށްކަމުގައި އަޅުގަނޑަށް ފެނެއެވެ. މިސާލަކަށް ކިލާހެއްގައި ވަރަށް ރަނގަޅު ކުދިންތަކެއް ތިއްބައި، ސަކަ މިޒާޖެއްގެ ކުއްޖަކު އެކިލާހަށް ވައްދައިފިނަމަ އޭނާގެ ސަބަބުން އެ ކިލާހުގެ އެހެން ކުދިންނަށް އުދަގޫވާނެކަން ހާމަކުރުމުގެ ގޮތުން ” ކަޅުއަލީ ކަނޑުއަރައިފިއްޔާ އޮޑި ދޯނިފަހަރަށްވެސް އުނދަގޫވާނޭ” ބުނެވިދާނެއެވެ. ހަމައެހެންމެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައެއް ނުބަލައި، މައްސަލަ ލަސްވަމުންދާ ހާލަތެއްގައި، އެކަން އަވަސް ކުރުމަށް މީހަކު އެކަމުގެ ތެރެއަށް ވަންނަމުން، އޭނާގެ ސަބަބުން އޮފީހުގެ މުވައްޒަފުންނަށް އެކަން އަވަސް ކުރަން މަޖުބޫރުވާނެކަން ހާމަކުރުމަށާއި، އެކަން ކުރެވޭކަމުގެ ޔަޤީންކަމެއްގެގޮތުން ތިމަންނަ އެކަމާއި މި އުޅެނީއޭ ” ކަޅުއަލީ ކަނޑުއަރައިފިއްޔާ އޮޑިދޯނި ފަހަރަށްވެސް އިނދަގުވާނޭ” ބުނެވިދާނެއެވެ.
    ކަޅުއަލީ ކަނޑުއަރައިފިއްޔާ އޮޑިދޯނި ފަހަރަށްވެސް އުނދަގޫވާނެއެވެ.
މަތި