ޤައުމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑި

21-04-2015

ވާހަކަލިޔުމުގެ ޤައުމީ މުބާރާތާއި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގެ ސުންގަނޑި ހަމަވަނީއެވެ. ވާހަކަލިޔުމުގެ ޤައުމީ މުބާރާތުގެ ސުންގަޑިއަކީ މިމަހުގެ 29ވާ ބުދަދުވަހުގެ މެންދުރު ފަހު 2:30އެވެ. މަޒުމޫނުގެ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މޭމަހުގެ3ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30އެވެ

އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު މި ދެ މުބާރާތް ހުޅުވައިލައިފައި މި ވަނީ މުޅި ރާއްޖެ ޝާމިލްވާހެނެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ލިޔާ މަޒުމޫނާއި ވާހަކަ މިފަހަރު ޖެހެނީ ދިވެހިބަހުގެ އެކެޑަމީއަށް އޮންލައިންކޮށް ހުށަހަޅާށެވެ. ހުށަހަޅަން ޖެހެނީ  މި އެކެޑަމީގެ ވެބްސައިޓުގައި އެކަމަށްޓަކައި ޚާއްޞަކޮށްފައިވާ “ދޮރުވަތި” އިންނެވެ. މި ހުޅުވައިލެވުނު ފުރުޞަތުގެ ބޭނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި  ތިބި  މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމައަށް ހިފާނޭކަމަށް އުންމީދުކުރަމެވެ. މަދަރުސާތަކުން ދަރިވަރުންނަށް މިފުރުޞަތު ފަހިކޮށްދީ ހުނަރުވެރި މޮޅު ލިޔުންތެރީންނަށް ވުމުގެ މަގު ތަނަވަސްކޮށްދޭނޭކަމަށް އުންމީދުކުރަމެވެ. ވީހައިވެސް ގިނަ ދަރިވަރުންނާއި އާންމު ފަރާތްތަކުން މިމުބާރާތްތަކުގައި ބައިވެރިވުމަކީ މި ގޮތަށް މުބާރާތް އާންމުކޮށް ހުޅުވައިލުމުގެ މައިގަނޑު މަޤުޞަދަށް ވެސް ވުމާއެކު މި މަޤުޞަދު ޙާޞިލްވާނޭކަމަށް އުންމީދު ކުރަމެވެ. .