ދިވެހިބަހުގެ އެކެޑަމީގެ އިލްތިމާސެއް

25-03-2015

މިހާރަކަށް އައިސް އިޖުތިމާޢީ ބައެއް މީޑިޔާތަކުގައި އެކިފަރާތްތަކުން މި އެކެޑަމީގެ ނަމާއި ދައުލަތުގެ ނިޝާން  ބޭނުންކޮށްގެން މި އެކެޑަމީގެ ނަމުގައި ތަފާތު އެއްޗެއްސަށާއި ކަންކަމަށް ނަން ކިޔައި ލަފުޒުތައް ހަދައި އާންމުކުރަމުން އެބަ ގެންދެއެވެ. މިފަދަ ކަންކަމަކީ އެއްވެސް ފަރާތަކުން އެއްވެސް ސިފައެއްގައި ކޮށްގެން ވާނޭ ކަމެއް ނޫނެވެ. މިކަމާ މި އެކެޑަމީން ކަންބޮޑުވުން ފާޅުކުރަމެވެ. އެއީ އެކެޑަމީ ކަމުގައި ވިޔަސް އަދި އެހެން އޮފީހެއްގެ ކަމުގައި ވިޔަސް އެ ތަނެއްގެ ނަމުގައި އެ އޮފީސްތައް ފިޔަވައި އެހެން އެެއްވެސް ފަރާތަކުން އެތަންތަނުގެ ނަން ބޭނުންކޮށްގެން ކަންކަން ކުރުމަކީ އެ މުވައްސަސާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތާ މެދު އޮންނަ އިތުބާރު ގެއްލި ކަމުގެ ޙަޤީޤަތް އޮޅިދާނޭ ކަމެކެވެ. އެހެންކަމުން، އެފަދަކަންކަން ކުރާ ފަރާތްތަކުން އެފަދައިން ކަންކަން ނުކުރުމަށް މި އެކެޑަމީން އިލްތިމާސްކުރަމެވެ.