ޅެންވެރީންގެ ބަހާރު ކާމިޔާބުކަމާއެކު ނިމިއްޖެ

22-01-2015

ދިވެހިރާއްޖޭގެ 26ވަނަ ޅެންވެރީންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރަން  ޅެންވެރީންގެ ބަހާރުގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީން  ބޭއްވި ޚާއްޞަ ރަސްމިއްޔާތު ވަރަށް ކާމިޔާބުކަމާއެކު ނިމިއްޖެއެވެ.

މި ބަހާރު އޮތީ މާލޭ ޖުމުހޫރީ މައިދާނުގައެވެ. ޅެންވެރީންގެ ބަހާރު ޝަރަފްވެރިކޮށްދެއްވީ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން

އަލްފާޟިލާ ނަޝްރީނާ އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބަލް ޑރ. އައިޝަތު ޝިހާމާއި އެމިނިސްޓްރީގެ ބައެއް ޑެޕިޔުޓީ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގަތެވެ.

މި ބަހާރުގައި ގިނަޢަދަދެއްގެ ޅެންވެރީން ބައިވެރިވެ އުފާފާޅުކުރިއެވެ. މީގެތެރޭގައި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިިގެން ތިއްބެވި ބައެއްބޭފުޅުންނާއި ޅެންވެރިކަމުގެ ރޮނގުން ޝަރަފްވެރިކަމުގެ

އިނާމު ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ވެސް ހިމެނެއެވެ. މި ރަސްމިއްޔާތުގައި ދިވެހި މަޝްހޫރު ލަވަކިޔުންތެރީން ރާއްޖޭގެ ފުންނާބު އުސް ޝާޢިރުންގެ ބައެއް ޅެންތައް މިޔުޒިކާއެކު ހުށަހެޅިއެވެ. ވަކީން ޚާއްޞަކޮށް

މި ބަހާރުގައި  ގިނަޢަދަދެއްގެ ދިވެހި ޅެންވެރީން ސަމާސާ އަދަބުގެ ވީޑިޔޯ ލަވައެއް ވެސް ހުށަހެޅުއްވިއެވެ. މި ބަހާރުގައި މާލޭގެ މަދަރުސާތަކުގެ ގިނަޢަދަދެއްގެ ދަރިވަރުންނާއި  މުދައްރިސުން ވެސް ބައިވެރިވިއެވެ.

މި ބަހާރު ކާމިޔާބުކަމާއެކު ނިމުނީ ވަރަށް ގިނަ ފަރާތްތަކެއްގެ ފުރިހަމަ އެހީތެރިކަން ލިބިގެންނެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، މޯލްޑިވްސް ސްކައުޓު އެސޯސިއޭޝަން، މޯލްޑިވްސް މިޔުޒިކް

އެސޯސިއޭޝަނާއި އެންސީއޭއާއި ވީޓީވީއާއި އެމްޕީއެލްގެ ފަރާތުން ލިބުނީ އާދަޔާ ޚިލާފް އެހީތެރިކަމެކެވެ. އެހެންކަމުން އެމުވައްސަސާތަކުގެ އިސްވެރީންނަށާއި މުވައްޒަފުންނަށް ނުހަނު އިޙުތިރާމާއެކު ޝުކުރުދަންނަވަމެވެ،   .