އަމާޒު

04-11-2014

ދިވެހިބަހުގެ އެކެޑެމީގެ މަޤުޞަދަކީ ދިވެހިބަހާއި ދިވެހި ތާރީޙާއި ސަޤާފީތަރިކަ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮއްގެންނާއި ބަހާއި ތާރީޚާއި ސަގާފީތަރިކަ އާއި ބެހޭ މަޢުލޫމާތު ޢާންމުންނަށްލިބޭނެ މަގުތައް ތަނަވަސްކޮށްދީގެން ދިވެހިންނަކީ ދިވެހިބަސް ހެޔޮކޮށް ބޭނުންކުރަން ދަންނަ ދިވެހިތާރީޚާ މެދު ފަޚުރުވެރިވާ ސަގާފީ ތަރިކައަށް ރައްކާތެރިވާ ބަޔަކަށް ހެދުން.

މަޤްޟަދު

1 ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކައުތެރިކޮށްދިނުން.

2 ދހިވެހިބަހާއި ތާރީޚާއި ދިވެހިރާއްޖޭގައި ހުރި ތާރީޚީ އާސާރީ ތަންތަނާއި ތަކެއްޗާއި މެދު ޢާންމުން ހޭލުންތެރިކަން އުފެއްދުން.

3 ދިވެހިންނަކީ މާދަރީބަސް ރަނގަޅަށް ބޭނުންކުރާ ބަހުގެ ހުނަރު ލިބިފައިވާ ބަޔަކަށް ހެދުން.

4 ދިވެހިބަހުގެ ރީތިކަމާއި ބަލާޣާތްތެރިކަން މީހުންނަށް ވަޒަންކުރެވޭނޭ ގޮތް ހަދައިދީގެން ދިވެހިބަހުގެ އަދަބިއްޔާތު ކުރިއެރުވުން.

5 ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރާ ބަޔަކަށް ދިވެހިން ހެދުމަށްޓަކައި ސަރުކާރުގެ ދާއިރާތަކާއި އަމިއްލަ ފަރާތްތަކަށް އެހީވުން.

6 ދިވެހިބަހާއި ތާރީޚާއި އާސާރީ ތާރީޚީ ތަންތަނާއި ތަކެއްޗާއި ބެހޭގޮތުން އިތުރު ހޯދުންތައް ހޯދުމަށްޓަކައި ދިރާސާކުރުން.

7 ރާއްޖޭގެ މި ޒަމާނުގެ ތާރީޚް ފަހަށް ރައްކައުތެރިކުރެވޭނެ ހަރުދަނާ އުސޫލެއް ޤާއިމްކުރުން.

8 ދިވެހިބަހާއި ތާރީޚާ ބެހޭ ގޮތުން ކުރާ ދިރާސާތަކައި ހޯދާހޯދުންތަށް ބޭނުންވާ ފަރާތްތަަކަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުން.

9 އުވިގެން ހިނގައިދާނެ ބަސްތަކުގެ ތެރޭގައި ދިވެހިބަސް ހިމެނުނަނުދީ ދިވެހިބަހަކީ އާލާވެ ދިރެމުންދާބަހަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތަކާއި މަސައްކަތް ކުރުން.