Skip to content Skip to footer

ޑރ. ޢަލީ ޝަމީމް ދިވެހިބަހުގެ އެކެޑަމީގެ ރައީސާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ 30ވަނަ ޅެންވެރީންގެ ދުވަހާ ގުޅިގެން ރ. އިނގުރައިދޫގައި ބޭއްވި ގުންޒަރު ޝަރަފުވެރިކޮށްދެއްވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން އެކެޑަމީގެ ރައީސް އަޝްރަފު ޢަލީއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ބޭރު ބަސްބަހުން ހައްދަވާފައިވާ ޅެންތައް ފޮތުގެ ސިފައިގައި ނެރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ދިވެހި ބަހުން ހުރި ޅެންތައް ބޭރު ބަސްބަހަށް ތަރުޖަމާކޮށް ބޭރުގެ ތަފާތު މުބާރާތްތަކުގައި މި ޅެންތައް ބައިވެރި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމުގައި ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސް އަދި ޑިރެކްޓަރ ޖެނެރަލް ބައިވެރިވެވަޑައިގަތެވެ.