Skip to content Skip to footer

މަރުޙޫމު ސަޢީދު ޢަލީފުޅުގެ ތައުޒިޔާގެ ދަފުތަރު

އަލްމަރުޙޫމު ސަޢީދު ޢަލިފުޅު ދެމިއޮތުމުގެ ޢަލަމަށް ދަތުރުކުރެއްވި ޚަބަރު އެހީ ފުން ހިތާމައާއެކުއެވެ. ސަޢީދުޢަލީފުޅަކީ ދިވެހިބަހާއި ދިވެހިއަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ކުޅަދާނަ ޝާޢިރެކެވެ. ސަޢީދުޢަލީފުޅަށް ޅެންވެރިކަމުގެ ރޮނގުން ރައީސުލް ޖުމުހޫރިއްޔާ ދެއްވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ވަނީ 2013ވަނަ ލިބިވަޑައިގެންފައެވެ. ސަޢީދުޢަލީފުޅުގެ ހަނދާނުގައި އޭނާގެ މައްޗަށް ތައުޒިޔާ ދަންނަވައި ޝުޢޫރުގެ ބަސްފުޅުތައް ދެންނެވުމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފައެވެ. މި ދަފްތަރު ހުޅުވީ މި އޭޕްރީލްމަހުގެ 21ވީ އަންގާރަދުވަހުއެވެ. މިދަފުތަރު އޭޕްރީލްމަހުގެ 30ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން މެންދުރުފަހު 2:30އަށް ދިވެހިބަހުގެ އެކެޑަމީގައި އޮންނާނެއެވެ. ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން އޭނާއަށް ތަޢުޒިޔާ ދަންނަވައި ޝުޢޫރުފާޅުކުރެއްވުމަކީނ އެކެޑަމީންނާއި ޢާއިލާއިން އެދޭ ވަރަށް ބޮޑު އެދުމެކެވެ.

ކޮމެންޓް ކުރައްވާ