Skip to content Skip to footer

އުނގެނުމުގައި އެންމެން ހިމެނުމަށް – މާދަރީބަސް

ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 21ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހެވެ. މިއަހަރު އާދެ! 2015ވަނަ އަހަރު މިދުވަސް ދިމާވަނީ ހޮނިހިރުދުވަހަކާއެވެ. ޔުނެސްކޯއިން މާދަރީބަހުގެ ދުވަސް ފާހަގަކުރާތާ މިއީ 15ވަނަ އަހަރެވެ. ” އުނގެނުމުގައި އެންމެން ހިމެނުމަށް- މާދަރީބަސް ” މިއީ މިއަހަރުގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ ޝިޢާރެވެ. މިޝިޢާރު އަމާޒުކޮށްފައި ވަނީ “ތަޢުލީމު- އެންމެނަށް” މި މަޝްރޫޢުގެ ގިނަ ލަނޑުދަނޑިތަކަށް ކުރިމަތިވެފައިވާ މައިގަނޑު ތަޙައްދީތަކުގެތެރެއިން އެއް ތަޙައްދީއަށެވެ. އަދުވެލިކަމާއި އިންޞާފާއެކު ހަމަހަމަގޮތެއްގެ މަތީން އުނގަންނައިދީ ތަޢުލީމު ދިނުމުގައި އެންމެން ޝާމިލްކުރުމުގެ މައްޗަށެވެ. އުނގެނުމާއި އުނގަންނައި ދިނުމުގެ ކޮންމެ މަރުޙަލާއެއްގައި އެކަކުވެސް ބާކީ ނުކޮށް އެންމެން ޝާމިލްކޮށް ހިމެނޭނީ އެބައެއްގެ އަހުލުވެރި ބަސް ނުވަތަ މާދަރީބަހަށް އިސްކަން ދީގެންނެވެ. ތަޢުލީމުގެ ޒަރިއްޔާއިންނާއި ތަޢުލީމު ދިނުމުގެ އެކި މަރުޙަލާތަކުގެގެ ތެރެއިން އެންމެން ހިމެނުމުގައި މާދަރީބަސް މުހިންމެވެ. ތަޢުލީމުގެ ވަކިމަރުޙަލާއަކާ ހަމައިން ބާކީކުރެވިފައިވާ އެތައް ހާސް ބަޔަކު ދުނިޔޭގެ އެކި މުޖުތަމަޢުތަކުގައި އެކަހެރިވެބާކީވެފައި އެބަތިއްބެވެ. މީގެ މައިގަނޑު ސަބަބަކީ އަމިއްލަބަހުގެތެރެއިން އުނގެނުމަށް އޮތް ފުރުޞަތުހަނިވުމެވެ. ބަވަނަވަމުންދާ ދުނިޔެއާ ރައްޓެހި ދޯޅަ ފަރުދަކަށް ވުމުގައި ގިނަބަސްބަހަށް އަހުލުވެރިވުމަކީ މުހިންމުކަމެކެވެ. އެހެނެއްކަމަކު ބަނަވެރި ރައްޔިތުކަން މިލްކުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެބައެއްގެ މާދަރީބަހެވެ. އަމިއްލަ ބަހެވެ. އަހުލުވެރި ބަހެވެ.

ކޮމެންޓް ކުރައްވާ