ދިވެހިބަހުގެ އެކެޑަމީއަށް މަރުޙަބާ

ދިވެހިބަހާބެހޭ ބައިގެ މައިގަނޑު މަސައްކަތްތަކަކީ،ދިވެހިބަސް ކުރިއެރުވުމާއި ދިވެހިބަހަށް ކުޑަކުދިންނާއި ޒުވާނުންނާއި ޢާންމުން ޝައުޤުވެރިކުރުވުމާއި ދިވެހިބަހުގެ ތަފާތުދާއިރާތަކަށް ކުޅަދާނަދިވެހިދަރިންތަކެއް އުފެއްދުމާއި ދިވެހިބަސްދިރާސާކޮށް ދިވެހިބަހާބެހޭ މަޢުލޫމާތު ޢާންމުކުރުމާއި ދިވެހިބަހުގެބަހުރުވަތައް ރައްކައުތެރިކުރުމާއި ދިވެހިބަހުގެ އަދަބިއްޔާތުގެ ތަފާތުފޮތްފޮތް އުފެއްދުމާއި ދިވެހިބަހުގެ ބަސްފޮތް އުފައްދައއިސްލާޙުކުރަމުން ގެންދިއުމާއި ދިވެހިއަދީބުންގެ ލިޔުންތައް ޗާޕުކޮށް ޢާންމުކުރުމާއި ޒަމާނީ ޓެކްނޮލޮޖީގައި ދިވެހިބަސްތަރައްޤީކުރުމާއި ދިވެހިބަހާބެހޭ ގޮތުން ޤައުމީފެންވަރުގައި ފާހަގަ ކުރާދުވަސްތައް ފާހަގަ ކުރުމެވެ.

                 ދިވެހިބަހުގެ އެކެޑެމީގެ މަޤުޞަދަކީ ދިވެހިބަހާއި ދިވެހި ތާރީޙާއި ސަޤާފީތަރިކަ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮއްގެންނާއި ބަހާއި ތާރީޚާއި ސަގާފީތަރިކަ އާއި ބެހޭ މަޢުލޫމާތު ޢާންމުންނަށްލިބޭނެ މަގުތައް ތަނަވަސްކޮށްދީގެން ދިވެހިންނަކީ ދިވެހިބަސް ހެޔޮކޮށް ބޭނުންކުރަން ދަންނަ ދިވެހިތާރީޚާ މެދު ފަޚުރުވެރިވާ ސަގާފީ ތަރިކައަށް ރައްކާތެރިވާ ބަޔަކަށް ހެދުން.

މަޤްޟަދު

1         ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކައުތެރިކޮށްދިނުން.

2         ދހިވެހިބަހާއި ތާރީޚާއި ދިވެހިރާއްޖޭގައި ހުރި ތާރީޚީ އާސާރީ ތަންތަނާއި ތަކެއްޗާއި މެދު ޢާންމުން ހޭލުންތެރިކަން އުފެއްދުން.

3         ދިވެހިންނަކީ މާދަރީބަސް ރަނގަޅަށް ބޭނުންކުރާ ބަހުގެ ހުނަރު ލިބިފައިވާ ބަޔަކަށް ހެދުން.

4         ދިވެހިބަހުގެ ރީތިކަމާއި ބަލާޣާތްތެރިކަން މީހުންނަށް ވަޒަންކުރެވޭނޭ ގޮތް ހަދައިދީގެން ދިވެހިބަހުގެ އަދަބިއްޔާތު ކުރިއެރުވުން.

5         ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރާ ބަޔަކަށް ދިވެހިން ހެދުމަށްޓަކައި ސަރުކާރުގެ ދާއިރާތަކާއި އަމިއްލަ ފަރާތްތަކަށް އެހީވުން.

6         ދިވެހިބަހާއި ތާރީޚާއި އާސާރީ ތާރީޚީ ތަންތަނާއި ތަކެއްޗާއި ބެހޭގޮތުން އިތުރު ހޯދުންތައް ހޯދުމަށްޓަކައި ދިރާސާކުރުން.

7         ރާއްޖޭގެ މި ޒަމާނުގެ ތާރީޚް ފަހަށް ރައްކައުތެރިކުރެވޭނެ ހަރުދަނާ އުސޫލެއް ޤާއިމްކުރުން.

8         ދިވެހިބަހާއި ތާރީޚާ ބެހޭ ގޮތުން ކުރާ ދިރާސާތަކައި ހޯދާހޯދުންތަށް ބޭނުންވާ ފަރާތްތަަކަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުން.

9         އުވިގެން ހިނގައިދާނެ ބަސްތަކުގެ ތެރޭގައި ދިވެހިބަސް ހިމެނުނަނުދީ ދިވެހިބަހަކީ އާލާވެ ދިރެމުންދާބަހަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތަކާއި މަސައްކަތް ކުރުން.

ޚަބަރު

Feb22
މި އަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
މި އަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

މި އަހަރުގެ މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު 2012 ފެބްރުއަރީ 21 ވަނަ ދުވަހުގެ ރޭ 21:00 ގައި އިމާދުއްދީން ސްކޫލްގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރިމެހްމާނަކީ ޑރ.މުޙައްމަދު ލަތީފް އެވެ.

ދިވެސްއަކުރު ކޯހުގެ ސެޓްފިކެޓްތައް ހަވާލުކުރުން މިރަސްމިއްޔާތުގައި ކުރިއަށް ގެންދެވުނެވެ. ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާޞިމް އަހުމަދު އެވެ. މީގެ އިތުރުން ކުޑަކުދީގެ ފޮތްލިޔުމާއި ދިގުވާހަކަލިޔުމާއި ފޮތް އެކުލަވާލުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުންވެސް އޮތެވެ. ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓް އިފްތިތާޙު ކުރުންވެސް މިރަސްމިއްޔާތުގައި ކުރިއަށްގެންދެވުނެވެ.

އިތުރައް